ބަޑި ޖެހުމުގެ ހާދިސާއާ ގުޅިގެން ކޮލަމްބޯގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

ނުރައްކާ ބޮޑުވެ ސްރީ ލަންކާގެ ކޮލަމްބޯގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފިއެވެ.

ސްރީލަންކާގެ ކޮލަމްބޯގެ ނުގޭގޮޑާ އާއި ކޮހުވާލާ ސަރަހައްދުގައި ހިނގި ބަޑިޖެހުމުގެ ހާދިސާގެ ސަބަބުން ކޮލަމްބޯގެ ސަލާމަތީ ކަންކަން ބެލުމަށް އިތުރު ފުލުހުން ނެރެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮލަމްބޯގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ އިރު، ފުލުހުން ވަނީ ބަޑިޖެހުމުގެ ހާދިސާއާ ގުޅުން ހުރި ކަމަށް ބެލެވޭ މީހަކު ހޯދަމުން އަންނަ ކަމަށް ވެސް ބުނެފައެވެ.

ނުގޭގޮޑާ އާއި ކޮހުވާލާ ސަރަހައްދުގައި ބަޑި ޖަހައި ދިން ހަމަލާގައި 25 އަހަރުގެ މީހަކަށް އަނިޔާވެފައިވާ އިރު، އޭނާއަށް ކޮލަމްބޯގެ ކަލުބޮވިލާ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން ވަނީ ކާކުކަން ނޭންގޭ މީހަކު އެސަރަހައްދަށް ސައިކަލެއްގައި ދިޔަ މީހަކު ކުއްލިޔަކަށް ބަޑި ޖެހުމަށްފަހު އެސަރަހައްދު ދޫކޮށް ފިލާފައިވާ ކަމަށް ބުނެފައެވެ.

ހަމަލާ ދިން މީހާ ހޯދުމުގެ މަސައްކަތް ލަންކާގެ ފުލުހުން ފަށާފައިވާ އިރު، އެހާދިސާގެ ތަހުގީގަށް ހާއްސަ ޓީމެއް ވަނީ އެކުލަވާލައިފައެވެ.

ލަންކާގެ ފުލުހުން ވެސް ވަނީ އެމީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ. އަދި މީގެ އިތުރުން ކޮލަމްބޯގައި އާންމުކޮށް ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން ވަނީ ގޮވާލައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *