ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ކޮއްކޮ އަދި ފިލްމު ޕްރޮޑިއުސަރު ޝާހީން ބަޓް ރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ކޮއްކޮ އަދި ފިލްމު ޕްރޮޑިއުސަރު ޝާހީން ބަޓް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ޝާހީން ވަނީ މީގެ އެއްދުވަސްކުރިން ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މި ފޮޓޯތަކުގެތެރޭގައި ޝާހީން ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގެ ގިނަ މަންޒަރުތައް ދައްކާލި ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޝާހީން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މަންމަ ސޯނީ ރަޒްދާން އަދި ކޮއްކޮ އާލިއާއާ އެކު ވީޑިއޯ ކޯލެއްގައި އިންނަ މަންޒަރު ވެސް ފެނެއެވެ. ބެލެވޭ ގޮތުގައި ޝާހީންއާ އެކު އާލިއާގެ ދެމަފިރިން ވެސް ވަނީ ރާއްޖެ އައިސްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *