އިތުރު ފަރުވާއަށް ނިމާލު ރާއްޖެއިން ބޭރަށް ގެންދެވޭތޯ މަސައްކަތްކުރަނީ

ސްޓްރޯކެއް ޖެހިގެން ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ މަޝްހޫރު ފިލްމީ ތަރި އަހްމަދު ނިމާލް، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިން މިރޭ ބުނީ، ޑޮކްޓަރުންގެ ލަފަޔާއެކު ނިމާލް ރާއްޖެއިން ބޭރަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ނިމާލަށް ސްޓްރޯކެއް ޖެހުނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ސްޓްރޯކް ޖެހުމާ ގުޅިގެން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ނަމަވެސް، ފަހުން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށް، އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށާފައެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް އެކްޓަރު ކަމަށްވާ ނިމާލްގެ ހާލަތާ ގުޅޭގޮތުން އާއިލާއިން ދާދިފަހުން ބުނެފައިވަނީ، އޭނާގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.

ނިމާލަކީ އެކްޓުކުރުމުގެ އިތުރުން ޑައިރެކްޝަނާއި ޕްރޮޑަކްޝަންގެ ދާއިރާގައިވެސް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާ ފަންނާނެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *