ތެލާއި ކާބޯތަކެތި ގެނައުމުގައި ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ރާއްޖެއަށް ތެލާއި ކާބޯތަކެތި ގެނައުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ދިމާވެދާނެ ދަތިތައް ބަލަމުންދާ ކަމަށާއި ތެލާއި ކާބޯތަކެތި ލިބުމުގައި މިވަގުތު އެއްވެސް ދައްޗެއް ނެތް ކަމަށެވެ.

މީގެ އިތުރުން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރަމުންދާ އަސަރު ބަލައި އެކަން ކުޑަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުކުރާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މެދުއިރުމަތީގައި ޓްރާންސިޓްކޮށް އަންނަ ފްލައިޓްތައް އެހެން ގޮތަކަށް ރާއްޖެއަށް އާދެވޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *