ހުޅުމާލޭގައި 1100 ވެހިކަލް ޕާކުކުރެވޭނެ ޖާގައިގެ ޕާކިން ބިލްޑިންގެއްގެ މަސައްކަތް ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު ކުރިޔަށްގެންދިޔައީ މިއަދު ހުލުމާލެ ފޭސް އެކެއްގައެވެ.
މިރަސްމިއްޔާތުގައި ޕާކިން ބިލްޑިންގެ މަސައްކަތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ. ޕްރައިވެޓް ސެކްޓާ ޕްރޮޖެކްޓްގެ އުސޫލުން، 24 މަސްދުވަހުން ނިންމައި ހަވާލުކުރާގޮތަށް މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބެޗް ކޮންސްޓްރަކްޝަންއާއެވެ.
ވަން އޮންލައިންގައިވާ ގޮތުގައި، މި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، މި އިމާރާތަކީ ވެހިކަލް ޕާކިންގެ އިތުރުން، އެއްގަމު އުޅަނދުތަކަށް ބޭނުންވާ ގިނަ ހިދުމަތްތައް ލިބޭނެ ގޮތަށް ފަރުމާކުރަަން ނިންމާފައިވާ އިމާރާތެއް ކަމަށެވެ. އަދި މި އިމާރާތުގައި ވިޔަފާރިތަކަށާއި އިލެކްޓްރިކް ވެހިކަލްތައް ޗާޖުކުރާނެ ތަންތަނާއި އެކި ކަހަލަ ކުޅިވަރު ކުޅޭގެ ޖާގަވެސް ހުންނާނެ ކަމަށް އަމީން ފާހަގަކުރެއްވި އެެވެ.
އެއާއެކު މި ޕާކިން ބިލްޑިންގެ ސަބަބުން، މާލެ ސަރަހައްދުގައި ވެހިކަލްތައް ގިނަވެ، ޕާކުކުރެވޭނެ ޖާގަ ނެތި އަދި ވެހިކަލްތައް ރަޖިސްޓްރީ ކުރުމަށް ޖާގަ ނުލިބޭ ހާލަތު ބަދަލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ޕްލޭން ކޮށްފައިވާ ޕާކިން ބިލްޑިން މަޝްރޫއުގެ ދަށުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.


