32 އަހަރުގެ އަންހެނަކު އޭނާގެ 64 އަހަރުގެ ލޯބިވެރިޔާ ވަޅިން ހަމަލާ ދީފި

މާލޭ ގެއެއްގެ ތެރޭ ދެ ލޯބިވެރިންގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހަމަނުޖެހުމެއް ހިންގާ، ދެ މީހުންނަށްވެސް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:05 އެހާކަންހާއިރު މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ދެމީހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި ފިރިހެންމީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި މި މާރާމާރީ ތެރޭގައި ދެމީހުންނަށްވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ 32 އަހަރުގެ އަންހެނަކަށާއި 64 އަހަރުގެ ފިރިހެނަކަށް ކަމަށާއި މި ދެމީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުން ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *