ރާއްޖެ އެތެރެކުރަން އުޅުނު 2.4 މިލިއަންގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މިތަކެތި އަތުލައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ރުފިޔާއަށް އަރައެވެ.

މީގެ ތެރޭގައި ހިމެނެނީ ކެނަބިސް ފަތްކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

މި މައްސަލައާއި ގުލިގެން މީހަކު ހައްޔަރުކުރި ކަމެއް ކަސްޓަމްސްއިން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *