އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭގޮތަށް ހަމަޖައްސައިފި

އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭގޮތަށް ހަމަޖައްސައިފިއެވެ.

އެ ކޯޓުން ކުރި އިއުލާނެއްގައި ވިދާޅުވީ، އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭގޮތަށް ހަމަޖެހިފައިވާއިރު، އެ ކޯޓުން ކައިވެނިކޮށްދޭނެ ހާއްސަ ގަޑިތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

ކޯޓުގައި ކައިވެނިކޮށްދޭ ވަގުތުތައް:

ރަސްމީ ދުވަސްތަކާއި ހުކުރު، ހޮނިހިރު ނޫން ބަންދު ދުވަސްތައް.

09:00 އިން 11:30 އަށް.

13:00 އިން 13:30 އަށް.

15:00 އިން 21:30 އަށް.

ހަފުތާ ބަންދު (ހުކުރު، ހޮނިހިރު):

15:00 އިން 21:30 އަށް (ހުކުރު)

10:00 އިން 21:30 އަށް (ހޮނިހިރު)

ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ވަގުތުތައް:

ކޮންމެ ދުވަހެއްގެ ވެސް 15:00 އިން 21:30 އަށް.

އެ ކޯޓުން ވިދާޅުވީ، ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި ކައިވެނިކޮށްދޭ ގަޑި ހަމަޖައްސާނީ އެކަމަށް އެދި ހުށަހެޅުމުން، ހުށަހަޅާ ފަރާތްތަކާއި ކޯޓުގެ ވަގުތުތަކަށް ރިއާޔަތްކޮށްފައި ކަމަށެވެ.

އަދި އަންނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކައިވެނި ކޮށްދޭނެ ގަޑިތައް ކޯޓުން ފަހުން އިއުލާން ކުރާނެ ކަމަށްވެސް އެ ކޯޓުން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *