އަންނަ އަހަރު ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށްފި

2026 ވަނަ އަހަރު ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ ކަމަށް އިއުލާނުކޮށް ގަޑިތައް އާންމުކޮށްފި އެވެ.

ފެމިލީ ކޯޓުން އާންމުކޮށްފައިވާ އިއުލާނުގައި ވާގޮތުން ކޯޓުން ބޭރުގައި ކޮންމެ ދުވަހެއްގެ ވެސް 15:00 އިން 21:30 އަށް ކައިވެނި ކުރެވޭނެ އެވެ.

ކޯޓުގައި ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ވަގުތުތަކަކީ؛

ރަސްމީ ދުވަސްތައް؛

  1. 09:00 އިން 11:30 އަށް
  2. 13:00 އިން 13:30 އަށް
  3. 15:00 އިން 21:30 އަށް

ހަފްތާ ބަންދު (ހުކުރު، ހޮނިހިރު)

  1. 15:00 އިން 21:30 އަށް (ހުކުރު)
  2. 10:00 އިން 21:30 އަށް (ހޮނިހިރު)

ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި ކައިވެނިކޮށްދޭ ގަޑި ހަމަޖައްސާނީ އެކަމަށް އެދި ހުށަހެޅުމުން، ހުށަހަޅާ ފަރާތްތަކާއި ކޯޓުގެ ވަގުތުތަކަށް ރިއާޔަތްކޮށްފައި ކަމަށް އިއުލާނުގައިވެ އެވެ. އަދި އަންނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކައިވެނި ކޮށްދޭ ގަޑިތައް ކޯޓުން ފަހުން އާންމުކުރާނެ ކަމަށް އެ ކޯޓުން ބުނެ އެވެ. އަންނަ އަހަރު ރަމަޟާން މަސް އަންނާނީ ފެބްރުއަރީ މަސްތެރޭގަ އެވެ.

ރާއްޖެ އަކީ މިއަހަރުވެސް ދުނިޔޭގައި ނިސްބަތުން އެންމެ ވަރި ގިނަ ގައުމެވެ. އެއީ ކޮންމެ 1،000 މީހަކަށް 5.52 ވަރި އެވެ. އާންމު ގޮތެއްގައި ރެކޯޑު ފޮތުން ޖާގަ ލިބުމަކީ ފަހުރެއް ކަމުގައިވީ ނަމަވެސް މިއީ ރާއްޖެއަށް ލިބޭ ހުތުރު ނަމެކެވެ. ރާއްޖޭގައި ވަރި ގިނަވުމުގެ ބައިވަރު ސަބަބުތަކެއް އޭގެ ފަހަތުގައި އެކުލެވިގެންވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *