އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އާދެވޭނީ މުއްދަތު ހަމަނުވާ ”އެންޓްރީ ޕާސް“ އޮވެގެން: އިމިގްރޭޝަން

ލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަނަމަ މުއްދަތު ހަމަނުވާ ”އެންޓްރީ ޕާސް“ އެއް އޮންނަން ޖެހޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އިމިގްރޭޝަނުން ވަނީ އީ-ވީޒާގެ ޚިދުމަތް ތަޢާރަފުކުރުމާއި ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތައް އަދި ވަޒީފާ ދޭފަރާތްތަކުގެ ސަމާލުކަމަށް ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ.

އެގޮތުން އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީއެއްނަމަ، އެ ބިދޭސީއަކަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ އެ ބިދޭސީއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ”އެންޓްރީ ޕާސް“ އެއް ލިބިފައިވާ ބިދޭސީއަކަށް ވާން ޖެހޭނެކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެެވެ.

އެގޮތުން އިމިގްރޭޝަނުން ބުނީ ”އެންޓްރީ ޕާސް“ ލިބިގެން ރާއްޖެއަށް އެތެރެވާ ބިދޭސީން އެތެރެވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި ވާރކް ވީޒާއަށް އެދި ހުށަހެޅުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތްކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް އޮތް ނަމަވެސް، ވާރކް ވީޒާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ބިދޭސީންނަށް ކަމަށް އިމިގްރޭޝަނުން ބުނެފައި ވެެއެވެ.

އަދި ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް އޮތް ނަމަވެސް، ވާރކް ވީޒާގައި ރާއްޖޭން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ބިދޭސީންނަަށްކަން އިމިގްރޭޝަނުން އާންމުކުރި މައުލުމާތުގައި ހާމަކޮށްފައި ވެއެވެ.

ހަމައެހެންމެ ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް އޮތް ނަމަވެސް، އެ ބިދޭސީންގެ ވާރކް ވީޒާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީޒާއަށް ބަދަލުވުމުން، އެ ބިދޭސީއެއްގެ އީ-ވީޒާގެ މުއްދަތު އޮތްތޯ ކަށަވަރުކުރުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތްކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ ޒިންމާއެއްކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *