މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ކެންޑިޑޭޓަކީ މޫސާ އަލީ ޖަލީލް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން މާލެ ސިޓީގެ މޭޔަރު ކަމަށް ނިޝާން އަސްކަރީގެ ވެރިކަމުގެ ޢިއްޒަތް،  އަރުވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލް ނެރެން ނިންމައިފި އެވެ.

އެކަން ޕީއެންސީން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އެ ޕާޓީން ބުނީ ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލެއްވީ މޫސާ އަލީ ޖަލީލް އެކަނި ކަމަށެވެ.

މޫސާ އަލީ ޖަލީލް ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އާންމުންގެ މެދުގައި ވަރަށް ވަރަށް މަގުބޫލް މި ޝަޚްސިއްޔަތަކީ 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ވަރަށް މަތިވެރި ޖިހާދެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، އަންނަ އަހަރުގެ އޭޕްރިލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަނުން ވަނީ ނިންމާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *