ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރާނީ ހުރިހާ ފަންތިއެއްގެ ވިޔަފާރިވެސް ކުރިއަރުވަން: ރައީސް

ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރާނީ ހުރިހާ ފަންތިއެއްގެ ވިޔަފާރިއެއްވެސް ކުރިއެރުވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވިޔަފާރިވެރިންނާއި އެކު ބާއްވާ ބައްދަލުވުމަކީ، ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށާއި އެފަދަ ކަންކަން ވިޔަފާރިވެރިން ހިއްސާކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

”ސަރުކާރުން މަސައްކަތް ކުރަމުން މި ގެންދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން އަދި ހުރިހާ ފަންތިއެއްވެސް ކުރިއެރުމަށް މަސައްކަތްތައް ސިޔާސަތުތައް ބައްޓަންކޮށްގެން.“ ރައީސް ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން އަދި ހުރިހާ ފަންތިއެއްގެ ވިޔަފާރިއެއްވެސް ކުރިއެރުމަށް ސިޔާސަތުތައް ބައްޓަންކޮށްގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު އެ ބޭފުޅުންގެ ވާހަކަފުޅުތައް މުހިންމު އެއްޗަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެލެއްވި ކަމަށްޓަކައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *