ތެޔޮ ހިމާޔަތް ކުރުމަށް ވެނެޒުއެލާއިން ހަތިޔާރާއެކު ކަނޑަށް ނުކުމެއްޖެ

ވެނެޒުއެލާގެ މަސްލަޙަތު ހިމެނޭ ތެޔޮ އުފުލާ އުޅަނދުތައް ރައްކާތެރި ކުރުމަށްޓަކައި ހަތިޔާރާއި އެކު ޙަރަކާތްތެރިވުމަށް އެ ޤައުމުގެ ކަނޑުގެ ސިފައިންނަށް ރައީސް ނިކޮލަސް މަޑޫރޯ އަމުރު ކުރައްވައިފިއެވެ.

މިއާއެކު ވެނެޒުއެލާއިން ތެޔޮ އުފުލާ އުޅަނދުތަކުގެ ޙިމާޔަތުގައި ޙަރަކާތްތެރި ވާނީ އެ ޤައުމުގެ ހަނގުރާމަމަތީ މަނަވަރުތަކެވެ. ވެނެޒުއެލާގެ ކަނޑުގެ ސަރަޙައްދަށް ވަންނަ އުޅަނދުފަހަރު ގައިވާ ތެޔޮ ޙިމާޔަތް ކުރުމަށް ވެސް އެ ސިފައިން ޙަރަކާތްތެރި ވާނެއެވެ.

ފާހަގަ ކޮށްލަން ޖެހޭ ގޮތުގައި، ދާދި ފަހުން އެމެރިކާ އިން ވަނީ ވެނެޒުއެލާގެ އައްސޭރިފަށުން ބޮޑު ތެޔޮ ޓޭންކަރެއް ހައިޖެކް ކޮށްފައެވެ. މިއީ ތާރީޚުގައި މިހާތަނަށް ހައިޖެކްކޮށްފައިވާ އެންމެ ބޮޑު ތެޔޮ ޝިޕްމެންޓެވެ.

ނިކޮލަސް މަޑޫރޯގެ ސަރުކާރު ވައްޓާލުމަށް އެމެެރިކާއިން ދަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވެނެޒުއެލާ އަކީ ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް ކަމަށް ވާއިރު، މަޑޫރޯ ވިދާޅުވީ އެމެރިކާގެ މަޤްޞަދަކީ ވެނެޒުއެލާގެ ޤުދުރަތީ މުއްސަނދިކަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *