ޤައުމީ ޒުވާނުންގެ ކޮންފަރެންސް އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި

ހުރިހާ ދާއިރާތަކުގެ ޒުވާނުންގެ ބައިވެރިވުމާއިއެކު ޤައުމީ ޒުވާނުންގެ ކޮންފަރެންސް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 22 އަދި 23 ވަނަ ދުވަހު މާލޭގައި ހުންނަ ޔޫތު ހަބްގައެވެ.

މި ކޮންފަރެންސަކީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި، ޔޫތު މިނިސްޓްރީއާއި ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތެކެވެ.

މި ކޮންފަރެންސްގައި އެކި ދާއިރާތަކުން ޖުމްލަ 93 ޒުވާނުން ބައިވެރިވާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.

މިއަހަރުގެ ޔޫތު ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ، ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ޙައްލެއް ހޯދުމާއި، ޒުވާނުންގެ ޤައުމީ ސިޔާސަތެއް އުކުލަވާލުމެވެ. މީގެ އިތުރުން ޒުވާނުންގެ ޚިޔާލާއި، މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ކޮންފަރެންސްގައި ޖުމްލަ 6 މަޢުޟޫއަކަށް ބަހާލައިގެން މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން ދަނީ ޒުވާނުން ބާރުވެރިކޮށް، ކުރިއެރުވުމަށް ތަފާތު މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން ޒުވާނުންނަށް ޚާއްސަ ކޮށްގެން ހުނަރުވެރި ޕްރޮގްރާމްތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ރާވައި، ދުޅަހެޔޮ މާޙައުލެއް ޤާއިމުކުރުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *