ރިޓަޔާޑް މީހުން މަގާމުތަކަށް އައްޔަން ކުރުމުން، ރިޓަޔާޑް އެލަވަންސް ނުލިބޭ ގޮތް ހަދަނީ

ރިޓަޔާޑް މީހުން މަގާމުތަކަށް އައްޔަންކުރުމުން ރިޓަޔާޑް އެލަވަންސް ނުލިބޭ ގޮތް ހަދަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފިއެވެ.

މި ސަރުކާރުގައި ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ އެންމެ އިސްވެރިންނަށް ވަނީ ރިޓަޔާޑް ބޭފުޅުން އައްޔަންކުރައްވައިފައެވެ. ބޮޑު މުސާރައެއް އެ ބޭފުޅުންނަށް ލިބޭ އިރު ރިޓަޔާޑް ފައިސާގެ ގޮތުގައި ވެސް ބޮޑު އަދަދެއް އެބޭފުޅުންނަށް ލިބޭތީ ގިނަ ބައެއްގެ ފާޑުކިއުން އޮންނަނީ އަމާޒުވެފައެވެ.

ނަމަވެސް ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ ރިޓަޔާޑް ބޭފުޅުންނަށް މަގާމުތައް އަރުވަނީ އެ ބޭފުޅުންގެ އަހުލާގަށާއި ހިންގުންތެރިކަމަށާއި އަދި ނަޒާހާތްތެރިކަމަށް ވެސް ބެލުމަށް ފަހުކަމަށެވެ. އެހެން ނަމަވެސް އެ ބޭފުޅުންނަށް ބޮޑެތި މަގާމުތައް ދިނުމަކީ ހަރަދުތައް ބޮޑުވާކަމެއްކަމަށް ރައީސް ވެސް އެއްބަސްވެވަޑައިގެންނެވިއެވެ. އެހެންވެ ޑަބަލްކޮށް މުސާރަ ނަންގަވާ ގޮތަށް ބަދަލު ގެންނަން ނިންމަވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ބަދަލުކުރަން އަންގަވައިފައިވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިލެކްޓެޑް މަޤާމަކަށް ނޫނީ އެޕޮއިންޓެޑް މަޤާމަކަށް އައިސްފި ނަމަ، އެއީ މިނިސްޓްރީއަކަށް ވިޔަސް، ކުންފުންޏަކަށް ވިޔަސް، އަދި އެހެން ދައުލަތުގެ މުއައްސަސާއަކަށް ކަމުގައިވިޔަސް، އެ މުއްދަތުގެ ތެރޭގައި [ރިޓަޔާޑް އެލަވަންސް] މެދުކެނޑޭނެ،"ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *