ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަދީ، ތިރީ ބައި ޕާކިންއަށް މަޖުބޫރުކުރަނީ

ހުޅުމާލޭގެ އެކަކާއި ދެއަކުން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކޮށް، އެ އިމާރާތެއްގެ އެންމެ ތިރީ ފްލޯ ޕާކިން އަށް ހާއްސަަ ކުރަންޖެހޭ ގޮތަށް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ރައީސް ވިދާޅުވީ، ގޯތީގައި އިމާރާތް ކުރެވޭ އުސްމިނަކީ ޕްލޭނާއި އިންފްރާސްޓްރަކްޗާގެ އިތުރުން އެއީ ފެނާއި ނަރުދަމާ އާއި އެ ތަނުގެ ލޭންޑް ޔޫސް ޕްލޭނާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން އެ ކަމަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެހެންވެ، އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ހުޅުމާލޭގެ އެކަކާއި ދެއަކުން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭނެ އުސްމިނަކީ 10 ބުރި ކަމަށް ކަނޑައަޅަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މިހާރު އޮންނަ ގޮތުން ހުޅުމާލޭ އެކެއްގައި އެންމެ އުސްކޮށް އިމާރާތް ކުރެވެނީ 8 ބުރިއަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ހުއްދަ ދޭނީ ޝަރުތުތަކަކާ އެކު އެވެ. އޭގެ ތެރޭގައި އިމާރާތުގެ އެންމެ ތިރީ ފްލޯއަކީ އެ އިމާރާތުގައި ދިރިއުޅޭ މީހުންގެ ވެހިކަލްތައް ޕާކުކުރުމަށް ހާއްސަ ފްލޯއަކަށް ހަދަން މަޖުބޫރުކުރުން ހިމެނެ އެވެ. އަދި ފުރަތަމަ ފްލޯ ހާއްސަ ކުރަންޖެހެނީ ނޮން ރެޒިޑެންޝަލް ޔޫސް އަށް ނުވަތަ ދިރިއުޅުން ނޫން އެހެން ބޭނުމަކަށް ނުވަތަ ވިޔަފާރިއެއް ކުރާ ތަނެއްގެ ގޮތުގައި ބޭނުން ކުރުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *