93 ބައިވެރިންނާއެކު ނޭޝަނަލް ޔޫތު ކޮންފަރެންސް ފަށައިފި

ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން، 93 ޒުވާނުން ބައިވެރިވާ ”ނެޝަނަލް ޔޫތު ކޮންފަރެންސް 2025“ މިއަދު ފަށައިފި އެވެ.

މި ރަސްމިއްޔާތު ފައްޓަވާދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު ވިދާޅުވީ، ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުން އިސްނަގައިގެން ގައުމީ ފެންވަރެއްގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކަކުން ޒުވާނުން ގެނެސް ޒުވާނުންނަށް ގައުމުގައި ފާހަގަކުރެވޭ ކަންކަމަށް އެއް ތަނެއްގައި ތިބެ މަޝްވަރާކުރުމުގެ ފުރުސަތު ލިބުމަކީ ގައުމުގައި ފާހަގަ ކޮށްލަން ޖެހޭ ފަދަ ދުވަހެއް ކަމަށެވެ.

ޔޫތު ހަބުގައި މިއަދާއި މާދަމާ ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ހަ ދާއިރާއަކުން ވޯކްޝޮޕްތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލައި، އެ ކަންބޮޑުވުންތަކަށް ވަށައި ޖެހޭ ހައްލެއް ހޯދުމާއި، ޒުވާނުންގެ ގައުމީ ސިޔާސަތެއް އުކުލަވާލަން ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތް ކޮށްދިނުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *