ވެނެޒުއޭލާގެ އައްސޭރިފަށުން އިތުރު ތެޔޮ ނަގާ ބޯޓެއް އެމެރިކާއިން ހިފަހައްޓާފައިވާތީ ވެނެޒުއެލާއިން އެކަން ކުށްވެރިކޮށްފި އެވެ.
އެމެރިކާއިން ވެނެޒުއެލާއަށް އެކި ގޮތްގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު، އެ ގައުމުން މިއަދު ވަނީ ވެނެޒުއެލާގެ އައްސޭރިފަށުން އިތުރު ތެޔޮ ބޯޓެއް ހުއްޓުވާފަ އެވެ.
ވެނެޒުއެލާގެ ތެލުގެ ވިޔަފާރިއަށް ހުރަސް އެޅުމަށް އެމެރިކާގެ ރައީސް ކުރިމަތި ކުރައްވަމުން ގެންދަވާ ހުރަސްތަކުގެ ތެރެއިން ވެނެޒުއެލާގެ ތެޔޮ ބޯޓުތައް ހުއްޓުވަމުން އަންނަައިރު ފަހުން ހުއްޓުވި ބޯޓައް އެމެރިކާ ސިފައިން އަރާ ވީޑިއޯ ވަނީ އާންމު ވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯއަށް ކުރިމަތިކުރުވާ ދަތިކުރުމާއި ފިއްތުންތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.


