ނ. މާފަރުގައި ތަރައްޤީކުރި ކަސްޓަމްސްގެ އައު ޢިމާރާތް ހުޅުވައިފި

ނ. މާފަރުގައި ތަރައްޤީކުރި ކަސްޓަމްސްގެ އައު ޢިމާރާތް ހުޅުވައިފިއެވެ.

އެ އިމާރާތް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިޙްސާންއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ ކަސްޓަމްސްގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މާފަރުގައި ހުޅުވުނު ކަސްޓަމްސް އިމާރާތާއެކު އެ ސަރަހައްދުގައި ކަސްޓަމްސްގެ ޚިދުމަތް އިތުރަށް ފުޅާވެ ހަރުދަނާވެގެންދާނެ ކަމަށެވެ.

މާފަރުގައި ކަސްޓަމްސްގެ އޮފީސް އިމާރާތެއް ތަރައްޤީކުރުމަށް ފިއުޗާރ ހޯމް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

މާފަރުގައި ތަރައްޤީކޮށްފައި ވަނީ އެ ރަށުގައި ކަސްޓަމްސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އޮފީސް އިމާރާތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *