އާ އަހަރާ ދިމާކޮށް ހުޅުމާލޭގައި ޚާއްސަ ފެސްޓިވަލެއް ބާއްވަނީ

އާ އަހަރާ ދިމާކޮށް މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް 2025″ގެ ނަމުގައި ޚާއްސަ ފެސްޓިވަލެއް ހުޅުމާލޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

މި ފެސްޓިވަލަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، ޓޫރިޒަމް މިނިސްޓްރީއާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ބާއްވާ މި ފެސްޓިވަލެކެވެ. މި ފެސްޓިވަލް އޮންނާނީ މިމަހުގެ 30 އިން ޖެނުއަރީ 1 އަށެވެ.

މި ފެސްޓިވަލުގެ ތެރެއިން އާ އަހަރާ ގުޅުވައިގެން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެގޮތުން މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަަރުވެސް ޑްރޯން ޝޯވއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހަވާ އެރުވުމާއި، ތަފާތު ސަޤާފީ ހަރަކާތްތައް މި ފެސްޓިވަލްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ފެސްޓިވަލުގައި ފުޑް ސްޓޯލްތަކެއްވެސް ބެހެއްޓިފައި ހުންނާނެ ކަމަށް ވިސިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *