ސަމާލުވޭ، ކުރިއަށް އޮތް ހަފްތާގައިވެސް ސިއްހަތަށް ނުރައްކާވާ މިންވަރަށް ދުންފުހުގެ އަސަރު ކުރާނެ!

ކުރިއަށް އޮތް ހަފްތާގައިވެސް ދުންފުހުގެ އަސަރު ކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.

އެ އިދާރާއިން ބުނީ އިރުވައި މޫސުން ފެށުމާއިއެކު ރާއްޖޭގެ ސަރަހައްދުތަކަށް ހާއްސަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކޮށްފައިވާ ކަމަށެވެ. އަދި މޫސުމާ ބެހޭ ރިޕޯޓުތަކުގައި ދުރުފެންނަ މިންވަރުވެސް ދަށްވެފައިވާކަމަށެވެ.

ވޭތުވެ ދިޔަ ހަތް ދުވަހަށް ބަލާއިރު މީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މިއަދު ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހުވެސް އިރު އުތުރުން އަންނަ ވަޔާއެކު ދުންފުހުގެ އަސަރު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ކުރިއަށް އޮތް 5 ދުވަހުވެސް އިރުއުތުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެ ކަމަށް ބެލެވޭ، އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި، ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެން."

މާލޭގެ އިތުރުން، ރާއްޖެ ސަރަހައްދުން ދެން އެންމެ ވައި ނުސާފީ ކުޑަހުވަދޫއަށެވެ. އެ ސަރަހައްދުގެ ވައިގެ ނުސާފު މިންވަރު ހުރީ އޮރެންޖް އެލާޓްގަ އެވެ.

މި ވަގުތު މާލޭގެ ވައިގެ ކޮލިޓީ ހުރީ ނުރައްކަލުގެ ރެޑް އެލާޓުގަ އެވެ. ޔޫއެސް އެއާ ކޮލިޓީ އިންޑެކްސް މިހާރު ހުރީ 177 ގަ އެވެ. ވައިގެ ތެރޭގައި ހިމެނޭ ފުއްޕާމެއަށާއި ލޭގެ ތެރެއަށް ފަސޭހައިން އެތެރެވާ ހިމުން ކުނޑި ނުވަތަ ’ފައިން ޕާޓިކިއުލޭޓް މެޓާ‘ ގެ މިންވަރު މިހާރު ވަނީ ކޮންމެ ކިއުބިކް މީޓަރެއްގައި 93 މައިކްރޯ ގްރާމަށް އަރާފަ އެވެ. މީގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނަށާއި އާންމުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

މި ދުވަސްވަރު ވައި ނުސާފުވަނީ އިރުވައި މޫސުމާ ގުޅިގެން ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ’ހޭޒް‘ ނުވަތަ ދުމާއި ހިރަފުހުގެ ސަބަބުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *