ވިޔަފާރި އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތްދޭ 11 ތަނެއް ބަންދުކޮށްފި

ވިޔަފާރި އުސޫލުން މާލޭގައި މަސްތުވާތަކެތީގެ ޚިދުމަތްދޭ 11 ތަނެއް ބަންދުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފުލުހުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން އެ ބައްދަލުވުމުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިޙް މުޙައްމަދު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޖުމަލަ 50 ތަނެއް ފާހަގަކުރެވޭ ކަމަށެވެ.

މާލޭގައި އެފަދަ ވިޔަފާރިކުރާ އެކްޓިވް 30 ތަނެއް ފާހަގަކުރެވިފައިވާކަން ފާތިހް ވަނީ ހާމަކުރައްވާފައެވެ.

”މި އަހަރު ބަންދުކުރި 11 ތަނުގެ އިތުރަށް 20 ވަރަކަށް ތަން އަދިވެސް މާލޭގައި އެބަ ހުރި ކަމަށް ލަފާ ކުރެވޭ.“  ފުލުހުން ވިދާޅުވިއެވެ.

ފާތިހް ވިދާޅުވީ އެ ތަންތަނަކީ ފުލުހުން އަބަދުވެސް އެކިއެކި އޮޕަރޭޝަންސްތައް ހިންގައި، ރޫޓިންކޮށް އެތަންތަނަށް ވަދޭ އެތަންތަނަށް އެޅެންހުރީ ކޮން ފިޔަވަޅުތަކެއްތޯ ބަލަމުންދާ ތަންތަން ކަމަށް ފާތިހް ވިދާޅުވިއެވެ.

މީގެ އިތުރުން ފާތިހް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މާލެއާއި އަތޮޅުތަކުގައިވެސް ތަންތަން ކުއްޔަށް ހިފައިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާނަމަ ފުލުހުންގެ ފަރާތުން އެކަންކަން ހުއްޓުވުމަށް އޮޕަރޭޝަންތައް ހިންގަމުންދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *