ބަންކަރިންގެ ޚިދުމަތުން 282 މިލިޔަންގެ އާމްދަނީއެއް ލިބިއްޖެ

މި ސަރުކާރުން ފެށި ބަންކަރިން ހިދުމަތުން މިހާތަނަށް 282 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ކުރަމުން އަންނަ ކަންކަމުގެ އަޕްޑޭޓް ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަންކަރިން ޚިދުމަތުން މިހާތަނަށް 282 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ޓެކްސްގެ ގޮތުގައި 24 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

”މީގަ އެންމެ ހިތްހަމަޖެހޭ ކަމަކީ، %76 އަކީ ރާއްޖެއަށް މުޅިން އަލަށް ގެނެސްގެން ބަންކަރ ކުރާ އެއްޗެހި. މިއީ މި ސަރުކާރުގައި ފެށިގެން ދިޔަ ވަރަށް މުހިންމު މަޝްރޫއެއް.“ މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވަނީ މި މަޝްރޫޢަކީ ކާމިޔާބު މަޝްރޫއެއްކަމަށް ފާހަގަކުރައްވާ މުސްތަޤުބަލު އޮތް މަޝްރޫޢުއެއް ކަމަށް ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *