އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ގެ ހުއްދަ ނެތި، ރ. އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅި މައްސަލައިގައި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީން މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާކޮށްފައި ވަނީ 20,000 ރުފިޔާ އިންނެވެ.
އެ އޮތޯރިޓީން ވަނީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ދައްކާ ޚަލާސް ކުރުމަށް އަންގާފައެވެ.
އަދި އެ މަސައްކަތް ކުރިއަށް ގެންދާނަމަ އެކަން ޤަވާއިދާ އެއްގޮތަށް އީއައިއޭ ހުށައަޅާ ކަނޑައެޅިފައިވާ މަރުޙަލާތަކުގެ ތެރެއިން ކުރިއަށް ގެންދިޔުމަށްވެސް އެ އޮތޯރިޓީން ވަނީ ނަސޭޙަތްތެރިވެފައެވެ.
ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ކޮށްފާނެ މަޝްރޫޢުއުތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ގަވާއިދުގައި ބަޔާންކުރާ ގޮތަށް ސްކްރީންކޮށް، އީއައިއޭ ރިޕޯޓު ހުށައަޅާ އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީގެ ހުއްދަ ހޯދަންވާނެ އެވެ.


