ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ.
މިއީ ނުރަސްމީ ދަތުރުފުޅަކަށް ވާތީ މި ދަތުރުފުޅުގެ އިތުރު އެއްވެސް މައުލޫމާތެއްވެސް ރައީސް އޮފީހުން ހިއްސާކޮށްފައިނުވެ އެވެ.
ރައީސް މުއިއްޒު ވަނީ މި އަހަރުގެ ޖުލައި މަހުވެސް ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އަދި ޖޫން މަހު ތެރޭގައި ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައިވެ އެވެ.


