ވައްކަން ކުރި ކަމަށް ބުނެ މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ވައްކަން ކުރި ކަމަށް ބުނެ މީހަކަށް އަނިޔާކޮށް މޫދަށަ އެއްލާލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި އެމީހާއަށް ވައްކަން ކުރި ކަމަށް ތުހުމަތުކޮށް، އެމީހާ ބިންމައްޗަށް ވައްޓާލައި ވަނީ އަނިޔާކޮށްފައެވެ. އަދި އެމީހާގެ އަތަށް ސޭފްޓީ ބޫޓަކަށް އަރައިގެން ހުރި މީހަކު އަރައި، ފައިގައި ހިފައި ބިންމަތީގައި ދަމާފައި މޫދަށް އެއްލާލާ މަންޒަރުވެސް ފެނެއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ ބ. ހިތާދޫ / އަންދަލީބުގެ، އަޙްމަދު ޝަރީފް (50އ) އާއި ލ. އިސްދޫ / ބްލޫކިޔާގެ، އަޙްމަދު ޚާތިމް (49އ) އެވެ.

ފުލުހުން ބުނިގޮތުގައި މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *