ދެބެންގެ މެދުގައި ހިނގި މަރާމާރީއެއްގައި އެކަކު ޒަހަމްވެ ހޮސްޕިޓަލުގައި

މާލޭގައި ދެބެންގެ ދެމެދު ހިނގި މާރާމާރީއެއްގައި އެކަކު ޒަހަމްވެއްޖެއެވެ.

ފުލުހުން ބުނީ، މާލޭ ގެއެއްގައި ދެބެންގެ ދެމެދުގައި ރޭ ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު އިރުއޮއްސި 18:42 ހާއިރު ފުލުހުންނަަށް ލިބިފައިވާ ކަމަށެވެ.

އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މާލޭގައި ދެބެންގެ ދެމެދު މާރާމާރީއެއް ހިނގިއިރު، މި މަހުގެ 21 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޓާ ފްލެޓެއްގެ ތެރޭގައިވެސް ވަނީ ދެބެންގެ ދެމެދު މާރާމާރީއެއް ހިނގައިފައެވެ.

މި މާރާމާރީގައި އެކެއްގެ ފައިގެ ފަލަމަސްގަނޑު ފުންކޮށް ކަފައިގެން ގޮސް، މައި ނާރު ބުރިވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *