މިއަހަރަށް ކަނޑައެޅި ވިޔަފާރި އަމާޒު ކަމަށްވާ 101 މިލިއަން ޑޮލަރު ދިވެހި ބޭންކް އެކައުންޓަށް ޖަމާކޮށް، ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ރިސޯޓް ލައިފް އިން ރެކޑެއް ހަދައިފިއެވެ.
ކުންފުނީގެ ވެރިޔާ އަދި ޓޫރިޒަމް ތަޖުރިބާކާރު ޝާޒް ވަލީދު ވިދާޅުވީ ރިސޯޓް ލައިފް އިން މި އަހަރު ފެށުމުގެ ކުރިން ޓާގެޓް ކުރި ވިޔަފާރީގެ އަދަދު ހާސިލްވުމަކީ ކާމިޔާބު ރެކޯޑެއް ކަމަށެވެ.
"ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ޓްރެވަލް އެޖެންސީ ނުވަތަ ދަތުރު ރާވާ ހިންގުމުގެ ވިޔަފާރި އަކީ މުދާ ފެންނަން ނެތަސް ވަރަށް ފުޅާ ކުރެވިދާނެ ވިޔަފާރި، ޝާޒް ވިދާޅުވި އެވެ. "ސަރުކާރުން މި ވިޔަފާރީގައި ދިވެހިންނަށް ފުރުސަތު ފުޅާ ކޮއްދީފި ނަމަ މި ރާއްޖޭ ގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު ފައިދާއެއް ދިވެހީންނަށް ލިބޭނެ އެއް ވިޔަފާރިއަކީ މިއީ."
ފަތުރުވެރިކަމުގެ ވިޔަފާރީގައި ކުރާ މަސައްކަތުން ލިބޭ އާމްދަނީއިން ކޮންމެ އަހަރަކުވެސް އެތައް ބަޔަކު ޢުމްރާގެ އަޅުކަމަށް ފޮނުވާ ޝާޒް ވަލީދު ވިދާޅުވީ އޭނާގެ މަސައްކަތުގައި މާތްރަސްކަލާންގެ ބަރަކާތް ލައްވާ ކަމުގެ އިޙްސާސް ކުރެވޭ ކަމަށެވެ.
ރިސޯޓް ލައިފް އިން މި ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްޞަ އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


