ފޫކޮޅު ފޮރުވޭ ގޮތަށް ހެދުން އަޅަން ސަރުކާރުގެ އަންހެން މުވައްޒަފުންނަށް މަޖުބޫރުކޮށްފި

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ރަސްމީ މަސައްކަތަށް ނުކުންނައިރު، ހެދުން އަޅަން ޖެހޭ ގޮތަށް ބަދަލެއް ގެނެސް، ފަލަމަސްގަނޑާ ހަމައަށް ހެދުން ބެހެއްޓުން ލާޒިމްކޮށް، ގަވާއިދު އިސްލާހުކޮށްފި އެވެ.

ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އަށް ގެނައި އެ ބަދަލުގައި ވަނީ ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުން ހެދުން އަޅަން ޖެހޭ ގޮތްތައް ވަކިވަކިން ފާހަގަކޮށްފަ އެވެ.

އާ ގަވާއިދުގައިވާ ގޮތުން ރަސްމީ މަސައްކަތަށް އަންހެން މުވައްޒަފުން ނުކުންނަ އިރު ލާން ޖެހޭނީ، ފޫކޮޅު ނިވާވެ، ފަލަމަސްގަނޑުން ތިރިއަށް ދެ އިންޗި އަށް ވުރެ ކުރު ނޫން ހެދުމެކެވެ. އާއްމުންނަށް ހިދުމަތް ދޭން އޮފީހަށް ނުކުންނައިރު، އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ނުވަތަ ހަށިގަނޑު ނިވާ ނުވާ ގޮތަށް ހެދުން ނޭޅޭނެ ކަަމަށް އެ އިސްލާހުގައިވެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިފަދަ ބަދަލެއް މި ގެނައީ، ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް އިޖުތިމާއީ ގޮތުން ބަަލައިގަންނަ މިންގަނޑަށް ވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަން ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވަނިކޮށެވެ.

އެ ގަވާއިދުގައި ވަނީ ފިރިހެން މުވައްޒަފުން ވެސް ރަސްމީ މަސައްކަތަށް ނުކުންނަ އިރު ހެދުން ހުންނަން ޖެހޭ ގޮތް ސާފުކޮށް ބަޔާންކޮށްދީފަ އެވެ. ހެދުން އެޅުމުގައި އިޖުތިމާއީ މިންގަނޑަށް އަދި އޮފީސް މާހައުލާ ނުގުޅޭ ހެދުމާއި ޓައީ އަދި ބެލްޓު ފަދަ ތަކެތި ނޭޅޭނެ ކަމަށް ގަވައިދުގައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *