ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ލިބޭ ގޮތް ހަމަޖައްސައިފި

ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ލިބޭ ގޮތް ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މާދަމާ އިން ފެށިގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް އިއުލާން ކުރުމަށް މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައެވެ.

އެގޮތުން އެ ރަސްމިއްޔާތުގައި ވަނީ ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއެއް އާސަންދަ ލިބޭ ގޮތް ހަމަޖައްސާފައިވާކަން އިއުލާން ކޮށްފައެވެ.

‏އެންސްޕާއިން ވަނީ ނަފްސާނީ ބައްޔަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދަ ސްކީމް މެދުވެރިކޮށް ކަވަރުކޮށްދޭ ސިއްހީ ހިދުމަތްދޭ 7 ތަނެއްވެސް އިއުލާނުކޮށްފައެވެ.

އެ 7 ތަނަކީ:

1. ސެނަ ހިޔާ

2. އީވް ކްލިނިކް

3. ސައިމާ ކެއަރ

4. އެލީޓް މެޑިކަލް

5. ކުލުނު މެޑިކަލް ކްލިނިކް

6. މެޑްނޯވާ މެޑިކަލް ސެންޓަރު

7. ވީ -ކެއަރ ކައުންސެލިން އެންޑް ސައިކޯ ތެރަޕީ ސެންޓަރު

މީގެ އިތުރުން އެންސްޕާއިން ވަނީ ހުރިހާ ވައްތަރެއްގެ ތެރަޕީގެ ހިދުމަތްތަކަށް އާސަންދަ ތައާރަފް ކުރުމާއި އެކަނި ދަރިން ބަލަހައްޓާ މައިން އަދި ބަފައިންނަށް ދޭ މާލީ އެހީގެ މިންވަރު އިތުރު ކޮށްފައިވާކަން ހާމަކޮށްފައެވެ.

ހަމައެހެންމެ ތެލެސީމިއާ ބަލި ތަހަންމަލު ކުރާ ފަރާތްތަކަށް އެލަވަންސް ތައާރަފް ކުރުމާއި ފިލިޕީންސްގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް އެންސްޕާއިން ވަނީ ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *