ދައުލަތުގެ ސިޔާސަތުތައް ބިނާވާނީ އެއްވެސް މީހަކު ބާކީ ނުކޮށް، އޯގާތެރިކަމުގެ މައްޗަށް: ރައީސް

އެންމެން ޝާމިލުވާ ރާއްޖެއެއް ބިނާކުރުމުގައި ދެމި ތިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ބްރެއިލް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ ބްރެއިލް ދުވަސް ފާހަގަކުރަނީ އުނގެނުމަށް ބްރެއިލްއިން ހުޅުވާލަދޭ ދޮރުތަކާއި އޭގެ ސަބަބުން ލިބޭ މިނިވަން ކަމަށް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ހަގީގީ މާނައިގައި އެންމެން ޝާމިލުވާ މުޖުތަމައަކީ، އެއްވެސް ހުރަހެއް ނެތި ކޮންމެ މީހަކަށް މައުލޫމާތާއި ފުރުސަތުތަކަށް ވާސިލުވެވޭނެ މަގު ތަނަވަސްވެފައިވާ މުޖުތަމައެކެވެ.

ބްރެއިލް ދުވަސް ފާހަގަކުރާއިރު އަޒުމަކީ ދައުލަތުގެ ސިޔާސަތުތަކަކީ އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ އަދި ނިންމުންތަކުގައި އެންމެންގެ ބައިވެރިވުން ހިމެނޭ އެއްވެސް މީހަކު ބާކީނުވާނެ ރާއްޖެއެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި ސާބިތުވެ ތިބުން ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *