ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު ޑރ. އާއިޝަތު ރަމީލާ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އެޗްއާރުސީއެމްގެ ރައީސްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެންބަރު މަރްޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވުމުންނެވެ.
އެޗްއާރުސީއެމްގެ މެންބަރު ކަމަށް އާއިޝަތު ރަމީލާ އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި ވަނީ އެޗްއާރްސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފަ އެވެ.


