އެމެރިކާ ސަރުކާރާއެކު ސުލްހަވެރި ވުމަށާއި ކަންކަމުގައި އެއްބާރުލުން ދޭން ބޭނުންވާ ކަމަށާއި، މަޝްވަރާ ކުރުމަށް ބޭނުން ކަމަށް ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވެއްޖެއެވެ.
މި ހަފްތާގެ ކުރީކޮޅު އެމެރިކާ ސިފައިން ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރު ކޮށްގެން ގެންދިޔުމުން، ސުޕްރީމް ކޯޓުގެ އަމުރާއެކު ނައިބު ރައީސް ރޮޑްރިގޭޒް ވަނީ ރައީސްކަމާ ޙަވާލުވެފައެވެ.
އެކަމަނާ ވިދާޅުވީ ވެނެޒުއެލާއިން ބޭނުން ވަނީ އެމެރިކާ އާއި އެހެން ގައުމުތަކާއެކު ވެސް ބެލެންސްޑް އަދި އިހުތިރާމް ކުރަނިވި ގުޅުންތަކެއް ބޭއްވުން ކަމަށެވެ.
ރޮޑްރިގޭޒް ވިދާޅުވީ ވެނެޒުއެލާ އިން ބޭނުން ވަނީ ޞުލްޙަ ކަމަށާއި، ހަނގުރާމަ އެއް ބޭނުން ނުވާ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވެނެޒުއެލާގެ ކަމާ ބެހޭ ފަރާތްތަކުން އެމެެރިކާ އަށް އެއްބާރުލުން ނުދީފިނަމަ އިތުރު ނުރައްކާތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.


