ސާޖިދުގެ ޖިންސީ ފުރައްސާރައިގެ މައްސަލަ ފުލުހުން ބަލަނީ

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ހެޑް އިސްމާއިލް ސާޖިދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފިކަން އެނގިއްޖެ އެވެ.

އެފްއައިޔޫގެ އިސް ވެރިޔާގެ މަގާމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހު އައްޔަންކުރި ސާޖިދު ވަނީ އޮފީސް މާހައުލުގައި ކުރި ޖިންސީ ފުރައްސާއިގެ ތުހުމަތުގެ މައްސަލައެއް ބަލަމުން އަންނާތީ މިދިޔަ މަހުގެ 25 އިން ފެށިގެން ސަސްޕެންޑުކޮށްފަ އެވެ.

އެ މައްސަލަ އެމްއެމްއޭގެ ކަމާ ގުޅޭ ކޮމިޓީން ބަލަން ފެށީ ސާޖިދާ އެކު، އެފްއައިޔޫގައި މަސައްކަތްކުރާ އެ އަންހެން މުވައްޒަފު ހުށަހެޅުމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *