ވަގު ބޭސް ސިޓީ ހަދައިގެން އާސަންދައިން ބޭސް ނަގާފައިވާކަން އޮޑިޓުން ފަޅާއަރުވާލައިފި

ބޭސް ސިޓީ ފޯޖުކޮށްގެން 137,600 ރުފިޔާގެ ބޭސް އެކި ފަހަރުމަތިން އާސަންދައިން ނަގާފައިވާކަން އޮޑިޓް ރިޕޯޓަކުން ތިލަވެއްޖެ އެވެ.

އޮޑިޓް އޮފީހުން ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް 2019 އިން ފެށިގެން 2024ގެ ނިޔަލަށް އޮޑިޓްކޮށް، އޭގެ ރިޕޯޓް ވަނީ ނެރެފަ އެވެ.

އެ ރިޕޯޓުގައި ބުނާ ގޮތުން، އޮޅުވާލައިގެން ބޭސް ސިޓީއަށް ބޭސް ނަގާ މައްސަލަތައް އާސަންދައަށް ރިޕޯޓްކުރި ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އޭގެ މިސާލެއްގެ ގޮތުގައި އެއް މައްސަލަ އޮޑިޓް އޮފީހުން ވަނީ ބަލައިފަ އެވެ. އެގޮތުން:

  1. މާލޭގައި ދިރިނޫޅޭ މީހެއް ނަމަވެސް މާލޭގެ ފާމަސީތަކުން، ފޯޖުކޮށްފައިވާ ބޭސް ސިޓީތަކަށް ބޭސް ނަގައި ވިޔަފާރިކުރަމުން ދިޔަ
  2. ތުހުމަތުވާ މީހާ ބޭސް ނަގަމުން ދިޔައީ އޭނާގެ ބައްޕަގެ ނަން މަތީގައި
  3. މި މައްސަލަ 20 ފެބްރުއަރީ 2023ގައި މާލޭގެ ހޮސްޕިޓަލަކުން ފުލުހަށް ރިޕޯޓްކޮށްފައިވޭ
  4. ފެބްރުއަރީ 2023އިން ފެށިގެން އޭޕްރިލް 2024ގެ ނިޔަލަށް މާލޭގެ ފާމަސީތަކުން 112,586 ރުފިޔާގެ ބޭސް ނަގާފައިވޭ
  5. އައްޑޫ ހޮސްޕިޓަލުން 25,080 ރުފިޔާގެ ބޭސް ނަގާފައިވޭ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *