ރޯދަ ހަދިޔާ މަސްދަޅު ކޭސް ހޮނިހިރު ދުވަހު ބަހަން ފަށަނީ؛ މިނިސްޓަރު ވިދާޅުވަނީ އިންތިޒާމުތައް ރަނގަޅުވާނެ ކަމަށް

ކުުރިއަށް އޮތް ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަހަން ފަށާނެ ކަމަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މުޅި މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ބެހުމަށް ހާއްސަކޮށް ހުޅުވާލާ ޕޯޓަލްhttps://roadhahadhiya.mv/ މެދުވެރިކޮށް މިއަދު މެންދުރު 12:00 އިން ފެށިގެން ނަންބަރު ނެގޭނެ ކަމަށާއި މަސްދަޅު ކޭސް ހޯދަން އެއްވެސް މީހަކު ކިޔޫގައި ޖެހެން ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް 15 ތަނަކުން ދޫކުރާނެ އެވެ. އެއީ މާލޭގެ އަށް ސަރަހައްދަކާއި ހުޅުމާލެ ހަ ސަރަހައްދެއްގެ އިތުރުން ވިލިމާލޭގެ އެއް ސަރައްދުންނެވެ.

މާލޭގައި މަސްދަޅު ކޭސް ދޫކުރާ ސަރަޙައްދުތައް:

• މިފްކޯ މަރުކަޒު
• ސޯޝަލް ސެންޓަރ
• އެމްޓީސީސީ ސޯ މިލް
• ހެންވޭރު ބޯޅަ ދަނޑު
• ގަލޮޅު ބޯޅަދަނޑުގެ 4 ސަރަހައްދެއް

ހުޅުމާލޭގައި މަސްދަޅު ކޭސް ދޫކުރާ ސަރަހައްދުތައް:

• އުމަރު ޒާހިރު ބިލްޑިން
• ޕޮލްކޯ ޓަވަރުގެ ތިރި
• މުޙައްމަދު ގާސިމް ޕްރީ ސްކޫލް
• ކާމިލް ދީދީ ސްކޫލް
• ހިޔާ ޓަވަރު 10
• ވިނަރެސް ފްލެޓް

ވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ ވެމްކޯ ސައިޓްގައެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އާ ހަމައަށެވެ.

މަސްދަޅު ކޭސް ރަށްރަށުގައި ބަހާނީ ކައުންސިލްތަކާ ގުޅިގެން އެސްޓީއޯ އިސްކޮށް އޮވެއެވެ. އަދި ރަށްރަށުގައި ރޯދަ ހަދިޔާ ބަހާނީ އެ ރަށަކުން މިހާރު ދީފައިވާ ގޭބިސީތަކުގެ ލިސްޓުގައި ހިމެނޭ ގޭބިސީތަކަށެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މި އަހަރު 118,977 މަސްދަޅު ކޭސް ބަހާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *