މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައިފި

މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައިފި އެވެ.

މި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިންގ މެޝިން އިހްތިތާހު ކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު ޢަލީ އިޙްސާން އެވެ.

ކަރެކްޝަނަލް ސާވިސް އިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މިއީ، ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު ފަހުގެ ބޮޑީ ސްކޭނިންގ މެޝިނެއް ކަމަށާއި އަދި މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިން ކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

"މިއީ ސަރުކާރުން ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މެދުވެރިކޮށް ފޯރުކޮށްދެއްވި މެޝިނެއް," ކަރެކްޝަނަލް ސާވިސްގެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

ޖަލުތަކުގައި މިފަދަ މެޝިންތއް ބެހެއްޓުމުގެ މައިގަނޑު ބޭނުމަކީ ޖަލަށް ވެއްދުން މަނާ ތަކެތި ފަސޭހައިން ދެނެގަނެވި, ގައިދީންނާއި އޮފިސަރުންގެ ރައްކާތެރިކަން ޖަލުތަކުގައި ކަށަވަރު ކުރެވުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *