މެދުއިރުމަތީގެ ހަމަނުޖެހުމެކޭ ކިޔުމަކީ ހަގީގަތް އޮޅުވާލުން: މައުމޫން

އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކަށް ”މެދުއިރުމަތީގެ ހަމަނުޖެހުމޭ“ ކިޔުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ، އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދިން ވަރުގަދަ އުދުވާނީ ހަމަލާއަށް މެދުއިރުމަތީގެ ހަމަނުޖެހުމޭ ކިޔުމަކީ ހަގީގަތް އޮޅުވާލުން ކަމަށެވެ.

އަދި މިފަދަ ކަންކަމުގައި ހަގީގަތް ބުނަން ކެރެން ޖެހޭނެ ކަމަށްވެސް މައުމޫން ފާހަގަ ކުރެއްވިއެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވަނީ އިއްޔެއެވެ. މި ހަމަލާތަކުގައި އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އާއި އެ ގައުމުގެ އަސްކަރީ ބައެއް އިސް ކޮމާންޑަރުން ވަނީ އަވަހާރަކޮށްލާފައެވެ.

މިއީ އެ ސަރަހައްދުގެ މަސްރަހު އިތުރަށް ނުތަނަވަސްވެގެން ދިޔަ މައިގަނޑު ސަބަބެވެ.

މި ހަމަލާތަކުގެ ރައްދުގައި އީރާނުންވެސް އަންނަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން އިޒްރޭލުގެ އިތުރުން، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް އީރާނުން އަންނަނީ ހަމަލާތައް އަމާޒުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *