އައު ސްޕްރީމް ލީޑަރަށް ބައިޢަތު ހިފުމަށް އީރާނުގެ އަސެމްބްލީ އޮފް އެކްސްޕަރޓްސް އިން ގޮވާލައިފި

އީރާނުގެ އައު އެންމެ މަތީ ލީޑަރަކީ މުޖްތަބާ ޚާމަނޭއީ ކަމަށް މީގެ ކުޑަވަގުތުކޮޅެއް ކުރިން ނިންމި ދީނީ އިލްމުވެރިންގެ މަޖިލިސް ނުވަތަ “އަސެމްބްލީ އޮފް އެކްސްޕަރޓްސް” އިން، ގައުމުގެ އެއްބައިވަންތަކަން ދަމަހައްޓައި އައު ލީޑަރަށް ތާއީދުކުރުމަށް އީރާނުގެ ރައްޔިތުންނަށް ގޮވާލައިފިއެވެ.

ދައުލަތުގެ މީޑިއާތަކުން އާންމުކުރި ބަޔާނެއްގައި އެ މަޖިލީހުން ބުނީ، މުޖްތަބާ ޚާމަނޭއީ އެ މަގާމަށް ހޮވާފައިވަނީ މަޖިލީހުގެ “ނިންމުންތެރި އަޣުލަބިއްޔަތަކުން” ކަމަށެވެ.

އަދި އީރާނުގެ ހުރިހާ ރައްޔިތުންނާއި، ޚާއްޞަކޮށް ދީނީ މަރުކަޒުތަކާއި ޔުނިވަރސިޓީތަކުގެ އިލްމީ މާހިރުންނާއި ފިކުރީ ހޯދުންތެރިން، އައު ލީޑަރަށް ބައިޢަތު ހިފުމަށާއި ގައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް އެ މަޖިލީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *