ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ކޮޓަރިއެއް އަނދައިފި

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ކޮޓަރިއެއް އަނދައިފިއެވެ.

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ ރޯވީ ހުޅުމާލެ Lot-11395ގައި ކަމަށެވެ.

އެ ހާދިސާގައި އެއް ކޮޓަރި ވަނީ އެނދިއިރު އެ ގޭގެ ދެން ހުރިކޮޓަރިއާއި ސިޓިން ރޫމްއަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރުކޮންމެވެސް ވަރަކަށްކޮށްފައިވާ ކަމަށެވެ.

އެހެންވެ އެ ގޭގައި ދިރިއުޅެމުން ދިޔަ 7ފަރާތްތަކަށް 5ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާ، ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސާދީފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފެއް ނުވެއެވެ. އަދި އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއްވެސް ނުލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *