އީރާނުން އިސްރާއީލުގެ ހައިފާއަށް ދިން ހަމަލާގައި ދެ މީހަކު މަރުވެއްޖެ

އިސްރާއީލުގެ ހައިފާއަށް އިއްޔެ އީރާނުން މިސައިލް ހަމަލާ ދިން ސަރަހައްދުން ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ އިސްރާއީލުގެ ރެސްކިއު ސާވިސް އިން ބުނެފިއެވެ.

ފަޔާ އެންޑް ރެސްކިއު ސާވިސްއިން ބުނީ ހޯމް ފްރަންޓް ކޮމާންޑާ ގުޅިގެން އެތައް ގަޑިއިރެއް ވަންދެން ކުރި މަސައްކަތަށް ފަހު، ވެއްޓިފައިވާ އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި ދެ މީހެއްގެ ހަށިގަނޑު ނަގާފައިވާ ކަމަށެވެ.

މި ހާދިސާގައި ގެއްލިފައި ވަނީ އެއް އެޕާޓްމެންޓެއްގައި އުޅޭ 4 މީހެކެވެ. މިހާތަނަށް ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ އިމާރާތަށް ހަމަލާ ދިނީ އެންމެ މިސައިލަކުންނެވެ އޭގެ ސަބަބުން އެ އިމާރާތުގެ ދެބައިކުޅަ އެއްބައި ބިމާހަމަވެ، ދެން ހުރި ބައިތައް ވެއްޓުމުގެ ބިރު ބޮޑުވުމާއެކު، މީގުން ހޯދުމުގެ މަސައްކަތަށް ހުރަސް އެޅިފައި ވެއެވެ.

ހައިފާ އަކީ އީރާނުގެ މިސައިލްތަކުގެ އެންމެ ގިނައިން އަމާޒުވަމުންދާ އިސްރާއީލުގެ ސަރަހައްދެކެވެ.

އީރާނުން މީގެ ފަހުންވެސް ވަނީ ހައިފާއަށް ހަމަލާ ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *