ސިފައިންގެ ހިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައި ވަނީ ޝަހީދުންނާއި މުޖާހިދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ސިފައިންގެ އަހަރީ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"ދިވެހި ސިފައިންގެ 134 އަހަރުގެ ހިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އެންމެ ގާބިލް ލަޝްކަރަކީ ދިވެހި ސިފައިން ކަމަށެވެ.
ދިވެހި ގައުމަށްޓަކައި ރެޔާއިދުވާލު ސިފައިން ކުރަމުންދާ އަގުހުރި ހިދުމަތަށް ޝުކުރު އަދާކުރައްވާ ދުވަހުގެ ތަހުނިޔާ ދިވެހި ސިފައިންނާއި ޢާއިލާތަކަށް ރައީސް ވަނީ އަރިސްކުރައްވާފަ އެވެ.


