ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގަތީ މި މަހުގެ 25 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ އަޟްހާ އީދުގެ ބަންދާ ދިމާކޮށް ކުރެއްވި ދަތުރުފުޅެކެވެ.
ސަރުކާރުގެ ޗީފް ތަރުޖަމާނު ހުސައިން ޝަރީފު (މުންދު) ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގެންނެވީ އާއިލާއާއެކު ޗުއްޓީއެއް ހޭދަކުރެއްވުމަށެވެ. އެހެންކަމުން، އީދަށް ސަރުކާރު ބަންދުވި ދުވަސްތަކުގައި ރައީސް ވަނީ ސިންގަޕޫރުގައި ޗުއްޓީ ހޭދަކުރައްވާފަ އެވެ.
އަޟްހާ އީދު ބަންދަށް ފަހު، ސަރުކާރުގެ އޮފީސްތައް މިއަދު އަލުން ހުޅުވޭނެ އެވެ.


