މިދިޔަ އަހަރުގެ ހުރިހާ ހުތުބާތަކެއްގެ އިނގިރޭސި ތަރުޖަމާ ނެރެފި

މިދިޔަ އަހަރު ކިޔާފައިވާ ހުރިހާ ހުތުބާތަކެއްގެ އިނގިރޭސި ތަރުޖަމާ ނެރެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ހުރިހާ ހުތުބާއެއްގެ ތަރުޖަމާ ނެރިފައިވަނީ ފޮތެއްގެ ސިފައިކަމަށެވެ.

މި ތަރުޖަމާގައި މިދިޔަ އަހަރު ކިޔާފައިވާ 35 ހުތުބާގެ އިނގިރޭސި ތަރުޖަމާ ހިމެނޭނެކަަމަށް މިނިސްޓްރީން ބުނެއެވެ.

ހުތުބާއާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ނެރުމާއި ހުތުބާގެ އިނގިރޭސި ތަރުޖަމާ ފޭސްބުކް އަދި ޓީވީގެ ލައިވް ފީޑަށް އަރުވަން ވަނީ ފަށާފައެވެ.

މީގެއިތުރުން ޒުވާނުން ހަތީބުންގެ ގޮތުގައި ތަމްރީނުކޮށް ހުކުރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނެރެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *