އޭޕްރީލް މަހު ވެސް ޑިސްކައުންޓް ދިނިން، މާޗު މަހާ އެއްވަރުވީ އެހެންވެ: ސްޓެލްކޯ

މި އަހަރުގެ މާޗު މަހުގެ ކަރަންޓު ބިލަށް އެރި އަދަދު ގިނަ ގޭބިސީތަކެއްގެ އޭޕްރީލް މަހުގެ ކަރަންޓު ބިލަށް އެރީ އޭޕްރީލް މަހު ޑިސްކައުންޓް ދިނުމުން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ ރޯދަ މަސް ހިނގި މާޗު މަހުގެ އިތުރުން އޭޕްރީލް މަހުގައި ވެސް ޑިސްކައުންޓް ދޭން ނިންމީ އެ މަހަކީ ހޫނު ގަދަވުމުގެ ސަބަބުން އާންމުކޮށް ކަރަންޓު ބިލުތަށް ވަރަށް ބޮޑުވާ މަހެއް ގޮތަށް ފާހަގަ ކުރެވޭތީ ރައްޔިތުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

މީގެ ސަބަބުން ކުރީ މަހުގެ ބިލާއި މިދިޔަ މަހުގެ ބިލުގައި ވެސް ކަރަންޓު ބޭނުންކުރެވުނު އަދަދު ތަފާތުވީ ނަމަވެސް ބިލްގެ އަދަދު މާޗު އަދި އޭޕްރީލް މަހު ވެސް ސީދާ އެއް އަދަދެއް ގޮތުގައި އޮތީ މި ދެންނެވި ލުއި ދިނުމުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *