މި އަހަރުގެ ހައްޖު މިޝަންގެ މެމްބަރުން ފުރާވަޑައިގެންފި

މި އަހަރުގެ ހައްޖު މިޝަންގެ މެމްބަރުން ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ހާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ހައްޖު މިޝަނުން ކަމަށެވެ.

ދިވެހި ހާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސައުދީގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަނުން ކުރަމުންދާނެ ކަމަށެވެ.

ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންގެ އިންތިޒާމުތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލި ހައްޖު މިޝަނުގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނެ އެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ހައްޖު ސެކްޝަނުގެ ބޭފުޅުންނާއި ހައްޖު ކޯޕަރޭޝަން ތަމްސީލު ކުރައްވާ ބޭފުޅުންނާއި ދީނީ އިލްމުވެރިންގެ އިތުރުން ޑޮކްޓަރަކާއި އިސްލާމިކް މިނިސްޓްރީގެ މީޑިއާގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާގެ ބޭފުޅެއް މިޝަނުގައި ހިމެނެ އެވެ.

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން 1،000 މީހުން ފުރާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *