ޓެލެކޮމް ދުވަހާ ގުޅިގެން އުރީދޫން ބޭސިކް އޭއައި ޓްރެއިނިންއެއް މީޑިއާއަށް ހިންގައިފި

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ބޭސިކް އޭއައި ޓްރެއިނިން ސެޝަނެއް މީޑިއާ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހިންގައިފި އެވެ.

މީޑިއާއަށް ހާއްސަކޮށް މިއަދު ހެނދުނު އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރުގައި ބޭއްވި ސެޝަނަކީ އެ ކުންފުނީގެ އިނީޝިއޭޓިވްއެއް ކަމަށްވާ ޑިޖިޓަލް މޯލްޑިވްސްގެ ދަށުން ކުރިއަށް ގެންދިޔަ ޓްރެއިނިން ސެޝަނެކެވެ.

ޓެލެކޮމިއުނިކޭޝަން ދުވަހާ އަދި ޑިޖިޓަލް މޯލްޑިވްސްއަށް ދިހަ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި އޭއައި އާ ގުޅޭ މައުލޫމާތު ވަނީ ދީފަ އެވެ.

ސެޝަނުގައި އަލިއަޅުވާލި މައިގަނޑު ބައިތަކުގެ ތެރޭގައި:

  • އޭއައިގެ އާންމު މައުލޫމާތު
  • އޭއައި މަސައްކަތްކުރާ ގޮތް
  • މީޑިއާގައި އޭއައި ބޭނުންކުރެވިދާނެ ގޮތްތައް
  • އޭއައިގެ އެތިކްސް

އޭގެ އިތުރުން އޭއައި އާ ގުޅުންހުރި އެކި ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވި ހިޔާލު ބަދަލުކޮށްފައިވެ އެވެ. އަދި މިފަދަ ޓެކްނޮލޮޖީތަކަށް މީހުން އަހުލުވެރި ކުރެވޭނެ ގޮތްތަކާ މެދު ސެޝަނުގައި ވަނީ ވާހަަކަ ދައްކާފަ އެވެ.

ޓްރެއިނިން ސެޝަނުގައި އުރީދޫން އުފައްދާފައިވާ ޗެޓް ބޮޓް ދައްކާލައި، އެ ތައްޔާރު ކުރުމުގައި ބަލާފައިވާ ކަންކަމަށް ވެސް އަލިއަޅުވާލާފައިވެ އެވެ.

އުރީދޫ މޯލްޑިވްސްގެ ބޭސިކް އޭއައި ޓްރެއިނިން ސެޝަނުގައި އެކި މީޑިއާތަކުން 15 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *