އާރުޓީއެލް މުޅި ރާއްޖެއަށް ފުޅާކުރަން އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ

އާރުޓީއެލް މުޅި ރާއްޖެއަށް ފުޅާކޮށް ނިންމަން އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ އިންޑިއާ ސަރުކާރާއެކު އެ މިނިސްޓްރީގައި ސޮއިކުރި "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕެމެންޓް" ސްކީމް ތިންވަނަ ފިޔަވަހީ ގެ ދަށުން ދޭން ނިންމި އެހީ ކަމަށެވެ.

އެގޮތުން ތިންވަނަ ފިޔަވަހީގެ ދަށުން 13 މަޝްރޫއެއް ހިންގުމަށް ރާއްޖެ އާއި އިންޑިއާއާ ދެމެދު 13 ފަހުމުނާމާ ގައި ސޮއިކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރާއްޖޭގެ ނުވަ އަތޮޅެއްގެ 81 ރަށެއް ގުޅާލާ، ހަލުވި ސްޕީޑް ފެރީގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ހަލުވިކަމާއެކު މިހާރު ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން އާރުޓީއެލް މަޝްރޫއު މުޅި ރާއްޖެއަށް ފުޅާކޮށް ނިންމަން 2027 ވަނަ އަހަރު ނިންމާ ގޮތަށް އޮތް ނަމަވެސް އިންޑިއާގެ އެހީއާއެކު މިއަހަރު ނިމުމުގެ ކުރިން އެކަން ހާސިލުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *