އައިޖީއެމްއެޗްގެ މަލްޓި ސްޕެޝިއަލިޓީ ސާޖިކަލް ވިންގް ރައީސް ހުޅުވައިދެއްވައިފި

އައިޖީއެމްއެޗްގެ މަލްޓި ސްޕެޝިއަލިޓީ ސާޖިކަލް ވިންގް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފި އެވެ.

އެ ސާޖިކަލް ވިންގް އިފްތިތާހުކުރެއްވުމަށް ފަހު ރައީސް ވަނީ  އެ ވިންގް ބައްލަވާލައްވާފަ އެވެ. އެމަނިކުފާނުގެ އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިންވެސް ބައިވެރިވެލެއްވި އެވެ.

އެ ސާޖިކަލް ވިންގުގައި ޖެނެރަލް ސާޖަރީތަކާއި، ނިއުރޯ ސާޖަރީތަކާއި ޕްލާސްޓިކް ސާޖަރީތަކާއި، އޯތޯ ސާޖަރީތަކާއި ޔޫރޮލޮޖީގެ ސާޖަރީތައް ކުރާ ބަލިމީހުން އެޑްމިޓްކުރެވޭނެ އެވެ.

އަދި އެ ވިންގާ އެކު އައިޖީއެމްއެޗުގެ ޖުމުލަ އެނދުގެ އަދަދު 510 އަކަށް އިތުރުކުރެވިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމް ވިދާޅުވީ އައިޖީއެމްއެޗުގެ އިމާރާތުގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްގީކުރެއްވުމަށްވެސް ރައީސް މުއިއްޒު އިސްކަން ދެއްވާ ކަމަށެވެ.

އެގޮތުން 411 މުވައްޒަފުން ރެކްރޫޓްކުރުމުގެ ހުއްދަ ލިބިފައިވާކަމަށް ސީއީއޯ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *