ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އޭސީޕީ ރޭންކުން މަތީގެ ފުލުހުންނަށް ކަމަށެވެ.

އެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12 ޖަހަންދެނެވެ. އަދި އެކަމަށް އެދި ހުށަހަޅާ ފޯމުތައްް ބަލައިގަންނާނީ ހޯމް މިނިސްޓްރީން ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މި މަހުގެ ހަތްވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމުން ނެވެ.އެއީ އާއިލީ ޒިންމާތައް ހުރި ގޮތުން ކަމަށް ވިދާޅުވެ އެވެ.

ޝުޖާއު ރިޓަޔާކުރެއްވި އިރު އެޕްރީލް 18، ގެ ފަތިހު ހެންވޭރު އިމާރާތެއްގެ މަތިން ވެއްޓި ބޮޑެތި އަނިޔާތެއްވި ހައްވާ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން  ފާޑުކިއުންތައް ވެސް އޭނާއަށް ވަރަށް ބޮޑަށް އޮތީ އަމާޒުވެފަ އެވެ.

ޝުޖާއު އިސްތިއުފާ ދެއްވުމުން އޭނާގެ ޒިންމާތައް ވަގުތީ ގޮތުން ހަވާލުކޮށްފައި އޮތީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *